ކަނޑު ބޯޓެއްގައި ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް ހަތް ކިލޯއަށްވުރެ ގިނަ ޑުރަގާއެކު ކަމަށެވެ.
އެމްއެންޑީއެފް އާއި ކަސްޓަމްސް އަދި ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހެކެވެ.
އެ މައްސަލާގައި ހައްޔަރުކުރި 10 މީހުންނަކީ:
– އިންޑޮނޭޝިއާގެ ނަސްވަން އާދިލް (30އ)
– އިންޑޮނޭޝިއާގެ އެޑްރިއަންސަޔާ (25އ)
– އިންޑޮނޭޝިއާގެ މުހައްމަދު އިގްބާލް މަކްރޫމް (30އ)
– އިންޑިއާގެ ޕްރަބާކަރަން ނަގަރާޖަން (35އ)
– އިންޑިއާގެ ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
– އިންޑިއާގެ ގަނޭޝް ބޮމްމާލީ (22އ)
– އިންޑިއާގެ ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)
– އިންޑިއާގެ ޕީޓާ ވިނީ (28އ)
– އިންޑިއާގެ ސަރަން ޕަދްމަން (28އ)
– އިންޑިއާގެ ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
މި މީހުންގެ ގަނެޝް ބޮންމާލީ، ޕީޓާ ވިނި، ޕްރަބަކަރަނަ ނާގަރާޖަން، އެޑްރިއަންސްޔާ އަދި މުހައްމަދު އިކްބަލް މަކްމުރު ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖެހި އިރު، އަނެއް ފަސް މީހުންގެ ބަންދަށް ޖަހައިދިނީ އެއް ދުވަހެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި