އއ. ރަސްދޫގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ އުންމީދު ކަނޑާލައިފި އެވެ.
ރަސްދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ 23:15 އެހާކަންހާއިރެވެ. އެ ހާދިސާގައި އެ ގޭގައި ދިރިއުޅެމުންދިޔަ ދެމަފިރިން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އެގޮތުން އަންހެން މީހާގެ ހަށިގަނޑުގެ 90 ޕަސަންޓު ވަނީ ފިހިފައެވެ. ފިރިހެން މީހާގެ ހަށިގަނޑު ވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
ރަސްދޫ ސިއްހީ މަރުކަޒުން އެ މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ މާލެއަށް ގެނެސްފައެވެ.
ރަސްދޫން ވާހަކަ ދެއްކި މީހަކު ”ހަފުތާ“އަށް ބުނީ އަންހެން މީހާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ފިރިހެން މީހާ ފަރުވާ ދެނީ އެމެޖެންސީގައި ކަމަށެވެ.
ޑޮކްޓަރުން ވެސް އާއިލާއާ ބައްދަލުކޮށްފައި ބުނީ، އެހާ ބޮޑަށް ފިހިފައި އޮތުމުން ފުރާނަ ސަލާމަތް ކުރުމަކީ ނާދިރުކަމެކޭ. ހުރިހާ ފަންކްޝަންތަކެއް ވެސް މިހާރު ދަނީ ދަށަށޭ. އެހެންވެ އުއްމީދެއް ނެތް ކަމަށް“ އެ މީހާ ބުންޏެވެ.




ގުޅުންހުރި
ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފި
ޕީއެންސީން މި ނުކުތީ އައްޑޫގެ ރަސްކަމެއް ނިންމަން، މިފަހަރު ތަފާތު ފެންނާނެ:
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
ފަރުހާދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ޝީޝާ މަނާ ކުރުމާއެކު ހަކުރުން ޓެކްސް ނެގުމަށް މަޝްވަރާކުރަނީ