މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ސައުދީ އަރަބިއާ އިން ކަނޑައަޅައިފި އެވެ.
އެކަން ކަނޑައަޅައި އިއުލާން ކުރީ ސައުދީގެ ސުޕްރީމް ކޯޓާ ހަވާލާދީ ސައުދީގެ ޝާހީ ކޯޓުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައުދީގެ އެކި ސަރަހައްދުތަކުން ޝައްވާލު މަހުގެ ހަނދު ފެނިފައިވެ އެވެ.
ސައުދީގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށްވެސް އީދު ދުވަހަކީ މާދަމާ އެވެ. ޝައްވާލު މަހުގެ ހަނދު ހޯދުމަށް ޔޫއޭއީން ވަނީ އޭއައި ޕަވާޑް ޑްރޯންތަކެއްވެސް ބޭނުންކޮށްފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދުވާނީ ހޯމަ ދުވަހެވެ. އިސްލާމީ ބައެއް ބޮޑެތި ގައުމުތަކަށް ވެސް ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ.
ފިތުރު އީދު ދުވަސް މާޗު 31 މާޗު ވާ ހޯމަދުވަހު ކަމަށް ކަނޑައެޅި ބައެއް ގައުމުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނޭޝިއާ، މެލޭޝިއާ، ބުރުނާއީ، ބަންގްލަދޭޝް އަދި ޕާކިސްތާން ވެސް ހިމެނެ އެވެ.




4 Comments
ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ