ހުޅުމާލޭ މިސްކިތެއްގައި އީދު ނަމާދަށް، އިމާމަށް ގަޑިއަށް ނާދެވުމުން އޭނާއަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައު މިއަދު އީދު ނަމާދު ފެށީ ނަމާދު ވަގުތު ޖެހި ހަތް ވަރަކަށް މިނެޓު ފަހުންނެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަމާދު ކުރުމަށް ކަނޑައަޅާފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރު ނުވާ ކަމަށެވެ.
އިމާމުގެ މައްސަލަ އުސޫލުގެ ތެރެއިން ބަލައި، ފަސް އަހަރު ދުވަހަށް އެހެންވެ ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ އިމާމުގެ ބަދަލުގައި ހަމަ ޖައްސާފައިވަނީ އެ މިސްކިތަށް ކަނޑައަޅާފައި ހުންނަ އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރު ނުވުމުން އެ މައްސަލަ ވެސް ވަކިން ބަލައި. އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އެކަމާ ހަވާލުވީ، ބިދޭސީ މީހެއްކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުން އެނގެ އެވެ.




7 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް