ރާއްޖޭގެ ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލުގެ ސަބަބުން ލޮނުގެ އަސަރު މާބޮޑަށް ކުރާތީ ކަމަށް ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް މަސައްކަތްކުރި އިންޑިއާގެ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮީޖ (ސީޔޫއެސްއޭޓީ) ގެ ސްކޫލް އޮފް މެރިން ބަޔޮލޮޖީން ހެދި ދިރާސާއިން އެނގިއްޖެ އެވެ.
އިންޑިއާގެ ޓައިމް އޮފް އިންޑިއާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓްރިޕްލް ލަ ނީނާ“ ފިނޯމިނާ ނުވަތަ ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަށް މެދުވެރިވާ ހާލަތާއި އިންޑިއާ ކަނޑުގެ މޫސުމަށް އަންނަ ކުއްލި ބަދަލުތަކާ ހުރެ ކަނޑޫފާތަކުގެ ފެނުގައި ލޮނުގެ އަސަރު ގަދަވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރުކުރާ މިންވަރު ބޮޑުވެ އައްސޭރިފަށުގެ އީކޯ ސިސްޓަމަށް ލޮނުގެ އަސަރު ކުރާ މިންވަރު ބޮޑުވެ ކުޅިތަކަށް ލޮނު ވަނުން އިތުރުވަމުންދާ ދާތީ ކަނޑޫފާތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދާ ކަމަށެވެ.
ރާއްޖޭގެ އީޕީއޭގެ ވެސް ބައިވެރިވުމާއެކު ހެދި ދިރާސާގައި ބުނީ ކަނޑޫފާތައް މަރުވުމުގެ މައްސަލަ 2020 އަދި 2021 ގައި ކުރިމަތިވި އިރު 22.12 ހެކްޓަރުގެ ކަނޑޫފަލަށް އަސަރުކުރި ކަމަށެވެ. އަދި 44،267 ކަނޑޫގަސް މަރުވި ކަމަށެވެ.




ގުޅުންހުރި
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ