އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރި ތަންތަނުގެ ލިސްޓުގައި އެންޓާކްޓިކާ ކައިރީގައި އޮންނަ އަލިފާން ފަރުބަނދަތައް ހިމެނޭ ފަޅު ރަށްތައްވެސް ހިމަނާފައިވާތީ ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހަން ފަށައިފި އެވެ.
ޓްރަމްޕްގެ ރިޔާސީ ވައުދު ފުއްދެވުމުގެ ގޮތުން އިއްޔެ ވައިޓް ހައުސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި އޭނާ ވަނީ ރިޔާސީ އޯޑަރެއްގައި ސޮއިކޮށްފަ އެވެ. އެ އޯޑަރުގައިވާ ގޮތުން މާދަމާ އިން ފެށިގެން އެމެރިކާއަށް ބޭރުގެ ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން މަދުވެގެން 10 ޕަސެންޓުން ޑިއުޓީ ބޮޑުވާނެ އެވެ. ނަމަވެސް އެމެރިކާއާ މެދު ވިޔަފާރީގެ ގޮތުން ނާއިންސާފުން އަމަލުކުރާ ކަމަށް ބުނާ ގައުމުތަކުން ނަގާ ޑިއުޓީ ވަނީ ދެގުނަ ބޮޑުކޮށްފަ އެވެ. އަދި އެ ގައުމުތަކުގެ ލިސްޓެއްވެސް ވަނީ ނެރެފަ އެވެ.
ޓްރަމްޕް ނެރުނު ލިސްޓުގައި ދުނިޔޭގައި އެންމެ އެކަހެރިކޮށް އޮންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ހާޑް އައިލެންޑާއި މެޑޮނަލްޑް އައިލެންޑްސް ވެސް ހިމެނެ އެވެ. އެ ދެ ފަޅުރަށަށް ދެވޭނީ އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރީގައި އޮންނަ ޕާތް އިން ބޯޓެއްގައި ފުރައިގެން ދެ ހަފުތާގެ ދަތުރެއްކޮށްފަ އެވެ. އެތަނަކީ ޕެންގުއިން ގިނަ އަދަދަކަށް އުޅޭ ރަށްތަކެކެވެ.
އެ ދެ ރަށްވެސް ޓްރަމްޕުގެ ލިސްޓުގައި ހިމަނާފައިވާތީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް ވަނީ މިހާރު ދުނިޔޭގެ އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށް ބުނެ، ޓްރަމްޕަށް ފާޑުވިދާޅުވެފަ އެވެ.




6 Comments
ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ