ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މިހާރު ކުރިއަށްދާ މި އަހަރުގެ ”އީދު ބައިބަލާ ޗެލެންޖު“ގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބް ކަޓުވާލުމަށްފަހު ކްލަބް ކާސިންޖީ (ސީކޭ) ސެމީގެ ޖާގައެއް ހޯދައިފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޭމު ގެންދިޔައީ ބޭރުން ކުޅުނު ސީކޭ އެވެ. އެއީ 6-7 އިންނެވެ. ދެވަނަ ގޭމު ބީޖީން ގެންދިޔައީ ބޭރުން އަރައި ކުޅެގެން 5-6 އިންނެވެ. އެހެންވެ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ގަދަހިފުމަކުންނެވެ.
އެގޮތުން ފުރަތަމަ ގަދަހިފުން ބީޖީން ބޭރުން އަރައި ކާމިޔާބު ކުރި އެވެ. ދެވަނަ ގަދަ ހިފުން ސީކޭ އިން ކާމިޔާބު ކުރުމުން ތިންވަނަ ގަދަހިފުމަށް ގުރު ނަގަން ޖެހުނެވެ. ގުރު ދިމާވެގެން ސީކޭ އިން ނިންމީ ބޭރުން އަރާށެވެ. އެ ކްލަބުން އެރީ އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.
އޭނާ ހިފަހައްޓަން ބީޖީގެ ފަރާތުން އެރީ ހުނަރުވެރި ކައިޓް ސާފާ ހަސަން މާހިރު (ހަންޓޭ) އެވެ. އޭނާއަކީ 2023 ވަނަ އަހަރު މުޅިން އަލަށް އޮފީސްތަކާއި ކުންފުނިތަކަށް ބޭއްވި އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ މިސްޓަ ބައިބަލާ އެވެ. ތިންވަނަ ގަދަހިފުން ކާމިޔާބުކޮށް ސެމީން ޖާގައެއް ހޯދީ ސީކޭ އިންނެވެ.
ސީކޭއަކީ މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ރަނަރަޕް ޓީމެވެ. އަނެއްކޮޅުން ބީޖީއަކީ ބައިބަލާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ 10 ފަހަރަށް ބައިބަލާ ކާމިޔާބުކޮށްފަ އެވެ.

ގުޅުންހުރި
ޔުމްނު ”ވެއްޓުނު“ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް، ރައީސަކަށް މުނައްވަރު
އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް، ފަރުވާގެ ފުރަތަމަ ބުރަށް ބޭނުންވާ ފައިސާ
މައްސަލައެއް ހޫނުވިޔަ ނުދޭން އިސްތިއުފާ ދިނުމަކީ އެންމެ ރީތި ޑިމޮކްރެޓިކް އުސޫލު:
ކުރިން ބުނި އެތި ކެންސަލް! ފުލުހުންގެ އިދާރާ ހިންގެވުން ނަވީނަށް
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑީސީޕީ ފަރުހާދާ ހަވާލުކޮށްފި
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވައިފި