ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މިހާރު ކުރިއަށްދާ މި އަހަރުގެ ’އީދު ބައިބަލާ ޗެލެންޖު’ގެ ފައިނަލަށް ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.
މިރޭ ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅެފަ އެވެ. ޓީއެފްޓީން ނުކުތީ އެންމެ ފަހުގެ ރަނަރަޕް ކްލަބް ކާސިންޖީ (ސީކޭ)އާ ދެކޮޅަށެވެ. އަނެއްކޮޅުން ލޮރެންޒޯ ނުކުތީ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޒެޕޯއާ ދެކޮޅަށެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުޅުނީ ޓީއެފްޓީ އާއި ސީކޭ އެވެ. އެ މެޗު ދެ ސެޓުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޓީއެފްޓީ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޭމުގައި އެތެރެއިން ކުޅެ ޓީއެފްޓީން ގޭމު ގެންދިޔައީ 7-11 އިންނެވެ.
ދެވަނަ ގޭމުގައި ސީކޭ އިން ކުޅެމުންދިޔައީ ވިސްނުންތެރިކަމާއެކު އެވެ. އެގޮތުން މެޗުގެ 2 މިނެޓު 25 ސިކުންތުގައި ވެސް ސީކޭ އޮތީ 9-5 އިން ކުރީގަ އެވެ. ނަމަވެސް މެޗުގެ ދެވަނަ މިނެޓުގައި ޓީއެފްޓީން ބޭރުން އަރައި ދެ ކުޅުންތެރި ނުބައިކޮށް މެޗު 7-7 އިން އެއްވަރު ކުރުމުން ޓީއެފްޓީއަށް މެޗު ލިބުނެވެ.
ސެމީގެ ދެވަނަ މެޗު ލޮރެންޒޯ އިން ކާމިޔާބު ކުރީ ގަދަ ހިފުމުންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ގޭމުގައި ގުރު ދިމާވެގެން ލޮރެންޒޯ ކުޅުނީ އެތެރެއިންނެވެ. ޒެޕޯ ކުޅުނީ ބޭރުންނެވެ. މޮޅު ކުޅުމެއް ދައްކައިގެން އެ ގޭމު 6-4 އިން ކާމިޔާބު ކުރީ ޒެޕޯއިންނެވެ. ބަދަލުގައި ދެވަނަ ގޭމަށް ބޭރުން އަރައި ލޮރެންޒޯ އިން މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން އަބްދުﷲ ނިޝާން (އަބޯ) ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު، އެ ގޭމު ޒެޕޯ އިން ކާމިޔާބު ކުރީ 10-4ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ކޮންމެ ޓީމަކަށްވެސް ގޭމެއް ކާމިޔާބުވުމުން ނަތީޖާ ނެރުނީ ގަދަހިފުމަކަށް ގޮސްގެންނެވެ. ލޮރެންޒޯ އިން ފައިނަލަށް ދިޔައީ ދެ ހިފުންވެސް ކާމިޔާބު ކޮށްގެންނެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި