ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން ސަރުކާރުގެ ލޯނު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ގާތުން މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލޯން ނަގައިގެން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢާންމު ބޭންކު ރޭޓުގައި ޑޮލަރު ނުލިބުން ކަމަށެވެ. އެކަމުގެ ސަބަބުން އެ ކުދިންގެ ލޯނު ފައިސާއިން ބޮޑު އަދަދެއް ގެއްލިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާ ކަމަށެވެ.
”މިހާރު އެވަނީ ވަކި އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭނަމަ ޓޫރިޒަމް ސިނާއަތުގެ ބޭފުޅުން ޑޮލަރު މާރުކުރުމަށް އަންގާފައި. އަދި ބްލެކު މާކެޓުން ކުންފުނިތަކުން ޑޮލަރު ގަތުން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ. މި މަސައްކަތްތަކާއެކު ކިޔަވާ ކުދިންނަށް ވެސް ޑޮލަރު ހަމަ އަގުގައި ލިބޭނެ.“ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ތެލާއި ކާޑުގެ ބާވަތްތައް ފައިސާ ދޫކުރުމަށްވުރެ އިސްކަން ދެނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަމަށެވެ.
ދަރިވަރުންގެ ޝަކުވާތައް ހައްލުކުރުމުގެ މަސައްކަތައް ސަރުކާރުން މިހާރު ފަށައިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.


					

ގުޅުންހުރި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް
ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8