އެހެން ގައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާކުރަނީ ރައްޔިތުންގެ ވިންދާ ހިލާފަށް ހުޅަނގުގެ ޕްރެޝަރު ބޮޑުވެގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އެވެ. އޭނާ ބިލު ހުށަހެޅީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު މީހުންނަށްވެސް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކުރުމަށެވެ.
ޕީއެންސީގ ސުޕަ މެޖޯރިޓީން އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ 10 ޖޫން 2024 ގައެވެ. މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ގޮތެއް ނިމި އެންމެ ގިނަ ދުވަސް ވަންދެން އޮތް މައްސަލައަކީ މި މައްސަލަ އެވެ.
އެ ބިލާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިކާއީލް ހުށަހެޅުއްވި ގޮތް ބަދަލުކޮށް، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ.
އެ އިސްލާހު ކޮމިޓީން ފާސްކުރި ގޮތާ މެދު ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އެ ބިލު ހުށަހެޅިއިރު، ޑުއެލް ޕާސްޕޯޓެއްގައި ވެސް އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން އޮތް ބައި ކޮމިޓީން އުނިކުރީ ރައްޔިތުންގެ ވިންދާ ދެކޮޅަށް ކަމަށެވެ.
”އިޒްރާއިލީ ޑިފެންސް ފޯސެސްއަށް މި ރާއްޖެ އެތެރެވެވޭ ގޮތަށް މި ބިލު ފާސްކޮށްގެން ނުވާނެ. އިއްޒަތްތެރި ރައީސް، އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުންދާ އިސް ފަރާތްތަކަށް އާދެވޭނެ ގޮތަށް ޑުއެލް ޕާސްޕޯޓުގައި ރާއްޖެ އާދެވޭނެ ގޮތަށް މި ބިލު މިއަދު ފާސްކުރަނީ އިއްޒަތްތެރި ރައީސް ހުޅަނގުގެ ގައުމުތަކުގެ ޕްރެޝަރަށް،“ މީކާއިލް ވިދާޅުވި އެވެ.
”ހުޅަނގުގެ ގައުމުތަކުގެ ޕްރެޝަރަށް ކުރައްވާ ކަމެއް މިއީ، އިއްޒަތްތެރި ރައީސް. މިއީ ހަމަ ކަނޑައެޅިގެން ދިވެހި ރައްޔިތުންގެ ވިންދާއި އިހުސާސްތަކާ ހިލާފަށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް އިއްޒަތްތެރި ރައީސް، ކުރާ ބޮޑު މަލާމާތެއް.“

22 Comments
ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި