ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ރައްކާތެރިކަމާއި އެފަދަ ފަރާާތްތަކަށް ދޭން ޖެހޭ ބޭސްފަރުވާ އާއި މާލީ އެހީ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ބޭރުކޮށްލާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 44 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ކުޑޫ ހުށަހެޅުއްވި އެ މައްސަލައިގައި ވިދާޅުވީ ގާނޫނުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އެކުލަވާލާފައިވީ ނަމަވެސް، އެ ނިޒާމާ އެއްގޮތަށް ކަންކަން ހިނގަމުންނުދާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެފަދަ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭން ލާޒިމްކޮށްފައިވާ ރައްކާތެރިކަމާއި މާލީ އެހީގެ އިތުރުން ބޭސް ފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާ އިން ވަނީ އިހުމާލުވެފައި ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެގޮތުން ތެރަޕީ ހިދުމަތްތައް ހިލޭ ލިބޭނެ ގޮތް 2019 ވަނަ އަހަރު ހަދާފައިވީ ނަމަވެސް، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ތެރަޕީއަށް ފައިސާ ދައްކާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަމިއްލަ ޖީބުން ކަމަށް ކުޑޫ ވިދާޅުވި އެވެ. ތެރަޕީ ސެންޓަރުތަކުގެ ފީތައް ބޮޑުވުމާއި ކިއު ދިގުވުން ފަދަ ސަބަބުތަކާ އެކު، ގިނަ ކުދިންތަކެއް ތެރަޕީ ހިދުމަތުން މަހުރޫމުވަމުން ދާ ކަމަށް ކުޑޫ ވިދާޅުވި އެވެ.




ގުޅުންހުރި
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި