މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޝައިހް ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ހުއްދަ ދެއްވައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝައިހް ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ވަޑައިގަންނަވަނީ އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތެއްގައި ކަމަށެވެ. މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އިމާމު ޑރ. ސަލާހުލްބުދައިރުގެ ދަތުރުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުގެ އިތުރުން ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.
ހަރަމްފުޅެއްގެ އިމާމަކު އެންމެ ފަހުން ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިޚު މުހައްމަދު އައްސުބައްޔިލެވެ.
އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިމާމު ޑރ. ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ އަދި މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ ބޭފުޅެކެވެ.




1 Comment
ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް