ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ޑީއާރްޕީން، އެމްޓީސީސީއަށް ދައްކަންޖެހޭ ދަރަންޏަށް މައުމޫން، ޒިންމާކުރުވުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
މައުމޫންއާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހެޅީ އެމްޓީސީސީންނެވެ. އެ މައްސަލަ ހައިކޯޓަށް އެމްޓީސީސީން ހުށަހެޅީ މިދިޔަ އަހަރުގެ ޖޫން މަހުގެ އަށެއްގައެވެ. އެމްޓީސީސީން މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ފޮނުވި ސިޓީއެއްގައި ވަނީ އިތުރު އަޑުއެހުމެއް ނުބާއްވައި އެ މައްސަލަ ބާތިލުކޮށްދިނުމަށް އެދިފަ އެވެ.
ދައުވާކުރާ ފަރާތުން ދައުވާ ބާތިލުކުރަން ބޭނުންވަނީ މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ އެމްޓީސީސީން އެދުނު ގޮތަށް ދައުވާ ފޯމު ބާތިލުކޮށްފަ އެވެ.
އެމްޓީސީސީން، ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކަކައް 1.1 މިލިއަން ރުފިޔާ އެ ޕާޓީ ނުދައްކާ ހުރުމުން އެ ދަރަންޏަށް މައުމޫން ޒިންމާ ކުރުވުމަށް އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމިފައިވަނީ އެ ކުންފުންޏާ ދެކޮޅަށެވެ.
ހައިކޯޓުން އިއްޔެ އާންމުކުރި ”ދައުވާ ފޯމު ބާތިލުކުރި ރިޕޯޓު“ ގައިވާ ގޮތުން އެމްޓީސީސީން ވަނީ އިތުރު އަޑުއެހުމެއް ބޭއްވުމަކާނުލައި އެ މައްސަލަ އަނބުރާ ގެންނަން ބޭނުންވާކަމަށް ބުނެ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
އެހެންވެ ހައިކޯޓުގެ ގަވާއިދުގެ ދަށުން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރުމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ވަނީ އިއްތިފާގުވެފައެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ ހަބް ކޮމްޕެނީން ވެސް ޑީއާރްޕީން ނުދައްކާހުރި ފައިސާތަކެއް ހޯދަން ޝަރީއަތަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތްއިރު ހަބް ކޮމްޕެނީން ބުނެފައިވަނީ ޑީއާރްޕީން އެ ކުންފުންޏަށް 718،438 ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.




1 Comment
ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ