ސްޓެލްކޯގެ ”މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް“އަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޓްރެއިނިން ރޫމްގައި (ފަސްވަނަ ފަންގިފިލާ) 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ވޯކް-އިން އިންފޮމޭޝަން ސެޝަން ބާއްވާނެ ކަމަށެވެ. އެ ސެޝަންގައި ސްކޮލާޝިޕްތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ހަމަ އެ ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށް އޮންލައިން އިންފޮމޭޝަން ސެޝަނެއް ވެސް ކުރިއަށްގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން training@stelco.com.mv އަށް އީމެއިލް ކުރުމުން، މީޓިންގ ލިންކު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ ”މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް“ އަކީ އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ކަމަށާއި އެ ސްކޮލާޝިޕްގެ އިތުރު މައުލޫމާތު https://stelco.com.mv/scholarships އިން ލިބެން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެފަދަ ސްކޮލާޝިޕް ފުރުސަތުތަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ސްކޮލާޝިޕް ފުރުސަތުތަކުގެ ސަބަބުން، ގިނަ ދިވެހި ދަރިވަރުންނަށް އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ގުޅުންހުރި
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި:
އެޕްރީލްގެ ކަރަންޓު ބިލު ކުޑަވީ ހޫނު މަހަކަށްވުމުން ދިން ޑިސްކައުންޓްގެ ސަބަބުން: