ތުރުކީއަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެ އެވެ.
ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީއާ ހަވާލާދީ ރޮއިޓާސް އަދި ބީބީސީގައި ބުނެފައިވާ ގޮތުން ބިންހެލުންތައް އައިސްފައިވަނީ ތުރުކީގެ އެންމެ ބޮޑު ސިޓީ، އިސްޓަަންބުލްއަށެވެ.
ފުރަތަމަ ބިންހެލުން އައިސްފައިވަނީ 3.9 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. ދެވަނަ ބިންހެލުން އައީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. އެއީ އެންމެ ފުރަތަމަ އައި ތިން ބިންހެލުމުގެ ތެރެއިން އެންމެ ބޮޑު ބިންހެލުމެވެ. ތިންވަނަ ބިންހެލުން އައިސްފައިވަނީ 4.4 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.
އިސްތަންބުލްއަކީ ތުރުކީގެ އާބާދީގެ ފަސް ޕަސެންޓް ދިރިއުޅެމުން އަންނަ ސިޓީ އެވެ. ބިންހެލުންތަކުގައި އެއްވެސް މީހަކަަށް އަދި އިމާރާތަކަށް ގެއްލުން ލިބުނުގެކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ނަމާދުގައި ފަސްދަރަޖަ. ތިމާގެ ދަރަޖައަކީ ކޮބާ؟
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް