އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާއަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރުކުރަން ގޮވާލައި މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.
ފުލުހުންގެ ”އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން“ ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާ ކުރަން ފަށާފައި މިވަނީ ޔުމްނާ ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހައްޔަރު ނުކޮށް، އެ މީހުންގެ ވަނަވަރުތައް ފުލުހުން ސިއްރު ކުރާތީ އެކަމަކީ އެ މީހުންނަށް ހިމާޔަތްކުރަން ކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ.
އެ ސަރަހައްދަށް އެއްވެ ތިބި ގިނަ މީހުންނަކީ ޒުވާނުންނެވެ. އެ އެންމެންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުކުރަމުން ދަނީވެސް ފުލުހުންނަށެވެ.
”ތި ޔުނީފޯމަށް އެއްވެސް އިހުތިރާމެއް ނެތް، ތި ޔުނީފޯމުގެ އެއްވެސް އިއްޒަތެއް ނެތް. ތި ޔުނީފޯމަކީ ހުތުރެއް،“ މުޒާހަރާގެ ބައިވެރިއަކު މެގަފޯނުން ގޮވި އެވެ. ”މަނީ މަނީ ޔެސް ސާރ،“ މިހެންވެސް ދަނީ ގޮވަމުންނެވެ.
އެއްވެ ތިބި މީހުންގެ ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ވަނީ ޔުމްނާ މަރުވަން ދެން އަޅާ ނުލާ ބޭއްވި މީހާ ހައްޔަރު ކުރުމަށާއި މައްސަލައިގައި ހައްޔަރުނުކޮށް ދޫކޮށްލި ޒުވާނާ ހައްޔަރު ކުރުމަށް ގޮވާލައިފަ އެވެ.
އަދި އެކަމުގައި ބައިވެރިވާ ކަމަށް އަޑު އަރާފައިވާ އެހެން މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ވެސް ބައެއް މީހުން ދަނީ ގޮވަމުންނެވެ.
ހައްޔަރުކުރަން ގޮވާލަމުންދާ ޒުވާނާއަކީ ޔުމްނު އާއެކީ އެންމެ ފަހު ވަގުތާ ޖެހެންދެން ހުރި ރައުދު އަހުމަދު ޒިލާލް އެވެ. އޭނާ ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނާއިރު، އެ ކަމެއް ހިނގައިދިޔަ ރޭ ދެ އަންހެނަކާއި ފަސް ފިރިހެނުން އުޅުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް ޔުމްނާގެ ނަން ފިޔަވައި އެކަމުގައި ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މީހުން ދެ ގެއަކަށް ވަން ކަމަށް ބުނި ނަމަވެސް އެ ދެ ގެއެއްގެ ނަމެއްވެސް ނުބުނެ އެވެ.

1 Comment
ގުޅުންހުރި
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި