ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި ގާނޫނުގެ ވެރިކަން ރާއްޖޭގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި ގާނޫނުގެ ވެރިކަން ނުވަތަ ރޫލް އޮފް ލޯ މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާ ކަމަށާއި ތަފާތު ނުވެސް ކުރައްވާނެ ކަމަށެވެ.
”އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދި ކަަމަކަށް، ރަހުމަތްތެރި ކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،“ ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު، ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ސަސްޕެންޑް ކުރުމަށާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މަގާމުގައި ހުރި އިޒްދިޔާން މުހައްމަދު މައުމޫން ވަކިކުރަން ނިންމައިފި އެވެ.
އިޒްދިޔާން އާއި ދާއޫދަކީ އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގެ ތެރެއިން ’ޕާޓީ‘ ކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ. އެ މީހުންނަށް މަސްތުވުމާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެވެ އެވެ.
އެ ދެ މީހުންނަށް ފިޔަވަޅު އަޅާފައި މިވަނީ އެ މީހުން ވަކިކުރުމަށް ގޮވާލައި ރޭ މާލޭގައި މުޒާހަރާކޮށްފައި ވަނިކޮށެވެ.

5 Comments
ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި