ނުރައްކާތެރި ކުށްތަކަށް އަރައިގަތުމަށް މާލޭގައި މަޝްހޫރު ގްުރޫޕަކުން ފައިސާގެ މުއާމަލާތުތައް ހިންގާފައިވާ ގޮތުގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ރޭ ބޭއްވި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އަހަރެއްހާ ދުވަސްވި ކަމަށެވެ. ތަހުގީގުގައި ވަނީ މާލޭގެ ނަން މަޝްހޫރު ގްރޫޕެއްގެ މީހުން އުޅޭ ގިނަ ތަންތަން ބަލައިފާސްކޮށްފައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
”ހިންގުނު ތަހުގީގުގައި ދައުރުވެފައިވާ ފައިސާގެ ބޮޑު ބައެއް އެއީ ކުށް ކޮށްގެން ހޯދި ފައިސާކަން ވަނީ ދެނެގަނެވިފައި. މި މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި މި މައްސަލައިގައި ހިމެނޭ މީހުންގެ މުދަލެއް ވާ ނަމަ، ދައުލަތަށް އެ މުދާތައް ނަގައިދޭން އެދޭނަން،“ ސީޕީ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އެއީ 112 މީހުން ހިމެނޭ ނެޓްވޯކެއް ކަމަށާއި އެ ނެޓްވޯކް ތަހުގީގު ކުރުމަށް ފަހު 121 މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެ ނެޓްވޯކުގެ ތެރެއިން މުއްސަނދިކަން ލިބުނު ދެ މީހެއްގެ މައްސަލަ ވެސް ޕީޖީއަށް ފޮނުވައި ދައުވާކޮށްދޭން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
މި ސަރުކާރުން ޑްރަގު ފަހާ ނުދުވާނެ، ދުވާނީ ޑްރަގު ވިޔަފާރީގެ ބޮޑުންގެ
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ނަޑެއްލާއަށް ދިޔަ ބޯޓަކުން އެ ރަށަށް ފޭބި މީހަކު ގެއްލިއްޖެ، ހޯދަން
ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ
ފުލުހުންގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން އައްޔަންކޮށްފި