ކަމިޝަނަރު އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ހަމަޖައްސައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުރި އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އެވެ.
ނަމަވެސް ހޯމް މިނިސްޓަރު އިހުސާން އަލީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މި ވަގުތު އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގު ކަމަށެވެ.
އަދި އެ ތަހުގީގުކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ނަވީން ކަމަށްވާތީ ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަން ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ނަވީން ކަނޑައެޅުއްވީ ކަމަށް ވިދާޅުވި އެވެ.
ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގަ އެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 30 އަހަރުގެ ތެރޭގައި ދިވެހި ފުލުސް އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ސެކްޝަންތަކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އޭނާއަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުގައި ފެބްރުއަރީ 16، 2023 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމަައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގަ އެވެ.

2 Comments
ގުޅުންހުރި
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ