ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ހިދުމަތް ހޯދާ މީހުންނަށް ޅެން ފަރުވާ ބޭނުންކޮށްގެން ފަރުވާ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމެންޓާއި ގައުމިއްޔަތު މިނިސްޓްރީންނެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ބޭއްވި މަޝްވަރާގެ އެ ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެނެ ކަމަށެެވެ.
”އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ،“ ފުލުހުން ބުންޏެވެ.
ދެ އިދާރާ ގުޅިގެން އެކި ކަހަލަ ދިރާސާތައް ހެދުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ދިރާސާއެއް ކުރައްވާނެ ކަމަށް މި ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ.




9 Comments
ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!