ސްކޫލުތަކުގެ ދަރިވަރުންނަށް ހިލޭ، ހެނދުނުގެ ނާސްތާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަކީ، ކޮމިއުނިޓީ ލެވެލްގައި އެހާ ބޭނުންތެރި ޕްރޮގްރާމެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްކޫލްތަކުގެ ދަރިވަރުންގެ ހެނދުނު ނާސްތާއާ ބެޙޭގޮތުން މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމަކީ އެމްޑީޕީ ސަރުކާރުގެ ވައުދެއް ކަމަށެވެ.
”ނަތީޖާއަކަށްވީ ގާނޫނުއައިއިރު މި ލިޔަނީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭންވާނެޔޭ، މިހާރުވެސް ގާނޫނުގައި އޮތީ އެހެން، ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓް ލެއްވި ބޭފުޅުން ފަހުން ނިންމެވީ، ބޭނުންވާ ކުއްޖަކަށޭ ”ނާސްތާ“ ދޭނީ އެހެންވީމަ މިހާރު އަޅުގަނޑުމެން އެ ބޭފުޅުން ނިންމާފަ އޮތް ގޮތަށް، ބޭނުންވާ ކޮންމެ ކުއްޖަކަށް ނާސްތާ ދެމުން މިދަނީ ގާތްގަނޑަކަށް މިހާރުވެސް އަޅުގަނޑުހިތުން 200 އަށްވުރެގިނަ ކުދިންނަށް ނާސްތާ އެބަ ފޯރުކޮށްދެވޭ،“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މުޅި ރައްޖޭގައި 80،000 ދަރިވަރުން ތިބޭއިރު، އަންދާޒީކޮށް ހެނދުނުގެ ސެޝަންގައި ގާތްގަނޑަކަށް 60،000 ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާނެ ކަމަށެވެ.
އެހެންކަމުން އޭރު 60،000 ދަރިވަރުންނަށް ދޭން ނިންމި ނާސްތާ ޕްރޮގްރާމް މިހާރު ދޭކުދިންގެ އަދަދު ހާހަކަށް ނާރާ ކަަށްވެސް ވިދާޅުވިއެވެ.
”އެހެންވީމާ ކޮމިއުނީ ލެވެލްގައި އެހާބޭނުންތެރި ޕްރޮގްރާމެއްގެ ގޮތުގައި ނުބެލެވޭކަމަށް އަޅުގަނޑަށް މި ގަބޫލު ކުރެވެނީ، އެއީ ބޭނުންވާ ކޮންމެ ކުއްޖަކަށް ދިނުމަށް ނިންމައިގެން މިހާރު ކުރިއަށްދާއިރުގައިވެސް ޔަގީނނުންވެސް 1000 ކުދިންނެއް މި ޕްރޮގްރާމްގެ ތެރެއަކުނެތް،“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމުގައި އެމަނިކުފާނުގެ ހުރި ކަންބޮޑުވުމަކީ އެހާ ބޮޑު ނޭޝަނަލް ޕްރޮގްރާމެއް، ގާނޫނެއްގެ ތެރެއިން ދޭންވާނެކަމަށް ބުނެފަ، ދޭން ބޭނުންވާ ކުދިންނަށްދޭން ނިންމުމުން ކަމަށެވެ.
އެހެންކަމުން ތައުލިމާބެހޭ ގާނޫނުގެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާއިރު އެކަންކަމަށް ރިއާޔަން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

25 Comments
ގުޅުންހުރި
ރައީސްގެ ސުވާލެއް، ކޮރަޕްޝަން ނައްތާލުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ދެކޮޅީ ކީއްވެ؟
ނޭދެވޭ ކަންކަމުން ކުޑަކުދިން ދުރުހެލިކޮށް ރީތި ނަމާނޫ ދައްކަންޖެހޭ: ރައީސް
މޯލްޑިވްސް 2.0 ބޭނުމަކީ އީ ވޯޓިންއެއް ނޫން“ އިހުސާން
ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރަނީ
މޯލްޑިވްސް 2.0 ރައީސް އިފްތިތާހުކޮށްދެއްވައިފި
ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ