މަގުމަތީގައި ހުރި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ ހަމަލާދީފައިވަނީ 40 އަހަރުގެ މީހަކަށް ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.









