އިގްތިސޯދު ދައުރުވާ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މަދުވެއްޖެ: އެމްއެމްއޭ

ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ފައސާތަކުގެ ތެރެއިން 100 މިލިއަން ރުފިޔާ މަދުވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ބުނެފިއެވެ.

އެމްއެމްއޭގެ އާންމުކުރި އެ އިދާރާގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 59.2 ބިލިއަން ރުފިޔާ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދުގައި ދައުރުވި އެވެ. އަދި މިއަހަރުގެ މިހާތަނަށް އިގްތިސޯދުގައި59.1 ބިލިއަން ރުފިޔާ ދަނީ ދައުރުވަމުންނެވެ. އެމްއެމްއޭއިން ބުނި ގޮތުގައި އެއީ އެއް ޕަސަންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭއިން ބުނީ 2022 އިގްތިސޯދުގައި ދައުރުވި ފައިސާއަށް ހަ ޕަސަންޓުގެ ކުރިއެރުމެއް ލިބުނު ކަމަށެވެ. އަދި 2023 ވަނަ ވަނީ ހަތް ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިކަން އެމްއެމްއޭއިން ފާހަގަކުރި އެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ އެއް ޕަސަންޓުގެ ދަށްވުމުގެ މިދިޔަ އަހަރު އިގްތިސޯދުގައި ދައުރުވާ ފައިސާގެ އަދަދުން ރިކޯޑު ކުރެވުނު ކަމަށެވެ.

ނަމަވެސް މިދިޔަ ފަސް އަހަރަށް ބަލާއިރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ 45 ޕަސެންޓް އިތުރުވެފައިކަން އެމްއެމްއޭއިން ފާހަގަކުރިއެވެ

އަދި ބުނީ 2020 ވަނަ އަހަރު އިގްތިސޯދު ތެރޭގައި ދައުރުވީ 41 ބިލިއަން ރުފިޔާ ކަމަށްވުމުން މިދިޔަ ފަސް އަހަރު ތެރޭ، ދައުރުވި ފައިސާގެ އަދަދަށް ވަނީ 18 މިލިއަން ރުފިޔާ އިތުރުވި ކަމަށެވެ.