ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނަނީ ބުއްދީގެ ހަމައެއް ނެތް ހިޔާލީ ފޮލައެއްގެ މައްޗަށް ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
މޫކައި ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީލް ވިދާޅުވީ އަޒްމިރާލްދާ މަގާމުން ވަކިކުރަން ނިންމާފައިވަނީ ވަކި މަގުސަދެއް ހާސިލުކުރަން އަދި އެ ކޮމިޝަނަށް ހީވާ ހީވުމެއްގެ މައްޗަށް ކަމަށާއި އޭނާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ވަނިކޮށް އެކަމަށް އެދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލައްވައި ގުޅުވަންޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.
”މިއީ ހެއްކެތް ގަރީނާއެއް މިކަމުގައި އޮވެގެން ނިންމަވައިފައި އޮތް ނިންމުމެއް ނޫން. ފަނޑިޔާރުގެ ފަރާތްޕުޅުން ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ. އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް،“ ޝަމީލް ވިދާޅުވި އެވެ.
”ސާފު ހެކިތަކުން ފެންނަން އޮތް ކަމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަގީގަތް އެއްފަރާތް ކުރައްވާފައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތް ކުރައްވާފައި އިންތިހާއަށް ބޭ އިންސާފު ނިންމުމެއް ނިންމީ. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި މައްސަލާގައި ފަނޑިޔާރުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރައްވަންޖެހޭ އަސާސެއް އޮތް ކަމަކަށް. އެހެން ނަމަވެސް ކޮމިޝަނުން ކަންކަން ނިންމުމުގައި ރިއާޔަތް ކޮށްފައި ހުރީ ބުއްދީގެ ހަމައަށް ވުރެ ބޮޑަށް ހިޔާލީ ފޮލާއަކަށް،“
ޝަމީލް ވިދާޅުވީ ލަތީފު ބަންދުގައި ހުންނަވަނިކޮށް އަޒްމިރަލްދާއަށް އައީ އެންމެ ފޯނު ކޯލެއް ކަމަށެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު، އަޒްމިރަލްދާއަށް ގުޅުއްވައި އެ ދުވަހު ”ބްރެކްފާސްޓް“ އޮންނާނެކަމަށް ވިދާޅުވާން ކުރެއްވި ފޯންކޯލެއް ކަމަށް ޝަމީލް ވިދާޅުވި އެވެ.
މަހާޒާއި އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ އަޒްމިރަލްދާގެ އިސްމާއިލް ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. މިހާރު އެ މައްސަލަ އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.

1 Comment
ގުޅުންހުރި
ވަކިވުމާ ހަމައަށް ސީއީއޯ އަށް ވާނީ މުސާރަދީފައި: ޑީބީއެމް
އޭޖީއެމް ނުނިމެނީސް ހިއްސާދާރުންނަށް ފައިދާ ޖަމާކޮށްދީ، ރެކޯޑަކާއެކު އެސްޓީއޯ ތާރީހުގެ ތެރެއަށް!
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ބަންކަރިން ހިދުމަތުން އެސްޓީއޯ އަށް 124 މިލިއަންގެ އާމްދަނީއެއް
ރިކޯޑް ދަމަހައްޓައި އެސްޓީއޯގެ ހިއްސާއަކަށް މި އަހަރުވެސް 80 ރުފިޔާ ބަހަން
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް