ޑެޕިއުޓީ ޕްރޮސިކިއުޓާޖެނެރަލްގެ މަގާމަށް އައިޝަތު މުހައްމަދު، އަދި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖަނެރަލްކަމުގެ މަގާމަށް ހުސައިން ސާމީ އައްޔަން ކުރައްވައިފިއެވެ.
ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް، އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވި ކަމުގެ މައުލޫމާތު ހާމަ ކުރެއްވީ، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ ކޯޑިނޭޓަރު ޝަފީއު އަހުމަދެވެ.
އޭނާ ވިދާޅުވީ، ޑެޕިއުޓީ ޕީޖީއަކަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދަކީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެއް ކަމަށެވެ.
އެއީ އެ އޮފީހުގެ އެންމެ ސީނިއާ ވަކީލުކަން ފާހަގަ ކުރައްވައި ޝަފީއު ވިދާޅުވީ، 14 ޑިސެމްބަރު 2011 އިން ފެށިގެން ޕީޖީ އޮފީހުގައި އޭނާ ވަޒީފާ އަދާކުރަމުންގެްނދަވާފައިވާ ކަމަށެވެ.
އެ މަގާމަށް އައިޝަތު މުހައްމަދު އައްޔަން ކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި މަހްމޫދު ސަލީމާއެކު ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީ ޕީޖީން ތިއްބަވާނެއެވެ.
ޝަފީއު ވިދާޅުވީ، އެސިސްޓަންޓް ޕީޖީއަކަށް އައްޔަނު ކުރި ސާމީ އަކީ 2018 ވަނަ އަހރުގެ ޖުލައިމަހުން ފެށިގެން އެ އޮފީހުގައި ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާބޭފުޅެއް ކަމަށެެވެ.
ސާމީ އެ މަގާމަށް އައްޔަނު ކުރުމާ އެކު ޕީޖީ އޮފީހުގައި ޖުމުލަ ފަސް އެސިސްޓަންޓް ޕީޖީން ތިއްބަވާނެ އެވެ. އެއީ ސާމީގެ އިތުރުން ހުސައިން ނާޝިދު، ޝަމްރާ ޝަމީމް، އަބްދުالله ރާބިއު އަދި މަރިޔަމް ފެޒްލީން އެވެ..




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން