ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި ވަރުގަދަ ކުރުމަށް އެ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ، މަޝްވަރާ ކުރުމަށް ބާއްވާ ’އޭވިއޭޝަން ފޯރަމް‘ މި މަހު 27 ގައި ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއާއި މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ފަދަ ބޮޑެތި ހަރަކާތްތައް ބާއްވާ މީޑިއަމް އިންވެސްޓްސް އިން އިންތިޒާމުކުރާ މި ފޯރަމަކީ ނުފޫޒުގަދަ ޖަމިއްޔާތަކުން އެންޑޯސް ކޮށްފައިވާ ފޯރަމެކެވެ.
އޭގެ ތެރޭގައި އެއާލައިން އޮޕަރޭޝަންސް ކޮމިޓީ (އޭއޯސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ހިމެނެ އެވެ.
ރާއްޖޭގެ އޭވިއޭޝަން ދާއިރާއަކީ ކުރިއަރަމުން އަންނަ ދާއިރާއެކެވެ. އެގޮތުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް 20 އަހަރު ތެރޭގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާ 154 ޕަސެންޓް ކުރިއަރާނެ އެވެ. އެގޮތުން 2038 ވަނަ އަހަރަށް ދާއިރު އިތުރު 4.7 މިލިއަން ފަތުރުވެރިން ރާއްޖެއިން ފުރާނެ އެވެ.
އެ ކުރިއެރުމާއެކު ރާއްޖޭގެ ޖީޑީޕީއަށް ގާތްގަނޑަކަށް އަށް ބިލިއަން އެމެރިކާ ޑޮލަރު އިތުރުވެ، 92،000 އިތުރު ވަޒީފާ އުފެދޭނެ އެވެ.
އޭވިއޭޝަން ފޯރަމް އިންތިޒާމުކުރަނީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމަންޓް ކުންފުނި، މީޑިއަމް އިވެންޓްސް އިންނެވެ.
އެ ކުންފުންޏަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މެރިން އެކްސްޕޯ، ބިލްޑް އެކްސްޕޯ، މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް އަދި ކޮންސްޓްރަކްޝަން ފޯރަމް އިންތިޒާމުކޮށް ބާއްވާ ކުންފުންޏެވެ.

ގުޅުންހުރި
ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން އިންޑިއާ
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ވަކިވުމާ ހަމައަށް ސީއީއޯ އަށް ވާނީ މުސާރަދީފައި: ޑީބީއެމް
އޭޖީއެމް ނުނިމެނީސް ހިއްސާދާރުންނަށް ފައިދާ ޖަމާކޮށްދީ، ރެކޯޑަކާއެކު އެސްޓީއޯ ތާރީހުގެ ތެރެއަށް!
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ބަންކަރިން ހިދުމަތުން އެސްޓީއޯ އަށް 124 މިލިއަންގެ އާމްދަނީއެއް