މިއަހަރުގެ ތެރޭގައި ތަރައްގީގެ 800 އެއްހާ މަޝްރޫއު ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މ. މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ 300އަށް ވުރެ ގިނަ މަޝްރޫއުގައި ސޮއިކުރާނެ ކަމަށެވެ. އޭގެ އިތުރުން ކުރިއަށް ދެތިން މަސް ތެރޭގައި އިތުރު ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރާނެ ކަމަށެވެ.
”އަދި މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގަޔާ އެކީގައި އަދި އިތުރު 300އެއްހާ މަޝްރޫއެއްގައި ސޮއިކުރެވޭނެ. އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓާއަށް ހުޅުވާލެވޭ މަޝްރޫއުތައް ވެސް ހިމެނޭ،“ އެ މަނިކުފާނު ވިދާޅުވި އެވެ.
”އެހެންވީމައި، 700 ނުވަތަ 800އެއްހާ މަޝްރޫއު މިދިޔަ ފެބްރުއަރީން ފެށިގެން ކުރިއަށް އޮތް ދެ މަހަކާ އެއްކޮށްލައިފިއްޔާ މި ހަތަރު ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި މިހަވާލުކުރަނީ އެކި ކުންފުނިތަކާ. ބާރު ސްޕީޑުގައި މަސައްކަތްތައް ގެންގޮސް ނިންމުމަށްޓަކައި. އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް މި މަސައްކަތްތައް ކާމިޔާބުކުރެވޭނެ“
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރައްޔިތެއް ރަށެއް ބާކީ ނުކޮށް، ޚިދުމަތް ދިނުމަށް ކަމަށާއި މިއަހަރާއި އަންނަ އަހަރު ތެރޭ މަޝްރޫއުތަކުގެ އަމަލީ ނަތީޖާތައް ނެރެވޭނެ ކަމަށެވެ.




3 Comments
ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި