މ. މުއްޔާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މުލީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މުއްޔާއި ނާލާފުއްޓާ ދެމެދު ކޯޒްވޭއެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 30 އޮގަސްޓް 2023 ގައި އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއެކެވެ.
އޭރުގެ ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 565 މީޓަރު (1853 ފޫޓު) ދިގު ކޯޒްވޭއެއް އަޅާނެ އެވެ. އެ ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއްވެސް ހަދާނެ އެވެ.
މި މަޝްރޫއުގެ ދަށުން ކޯޒްވޭގެ މަގުތައް ހަދައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ނިންމާފަ އެވެ.
އެމްޓީސީސީއަށް މި މަޝްރޫއު އޭރު ހަވާލުކޮށްފައި ވަނީ 125.5 މިލިއަން ރުފިޔާ އަށެވެ.

1 Comment
ގުޅުންހުރި
އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި
ކަރެކްޝަންސްއާ ހަވާލުކުރަން ވެގެން ކުޅުދުއްފުށި އެއާޕޯޓު މެނޭޖަރު ހައްޔަރުކޮށްފި
ރައީސްގެ ޕޮޑްކާސްޓުތައް މަޑުޖެހިއްޖެ، މިދިޔަ މަހު އެއްވެސް އެޕިސޯޑެއް ނުދައްކާ
ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް