ގދ. ތިނަދޫ އާއި ރ. ފައިނުގައި އެއާޕޯޓެއް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި ބޮޑު ހަރަދެއް ކޮށްގެން ހެދި އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވާފައި ވަނިކޮށް، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އާއްމުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެކަމަކު، ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ހދ. ކުޅުދުއްފުށީ އެއާޕޯޓަކީ ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏަކާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއި ކުރި ނަމަވެސް އެ މަޝްރޫއު ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ވަނީ ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވާލައި، އެ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ނިންމައިފަ އެވެ.
ފައިނުގައި އެއާޕޯޓެއް އަޅަން ފުރަތަމަ މަސައްކަތް ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް ކަންބޮޑުވުންތަކާ ހެދި ރައީސް ސޯލިހުގެ ސަރުކާރުން އެ ރަށުގައި އެއާޕޯޓް ނާޅަން ނިންމާފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން އަލުން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.




10 Comments
ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު