ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ގިނަ ބަޔަކު ވިޔަފާރިކުރަމުން ދިއުމުގެ ސަބަބުން ޕޯސްޓް އޮފީހަށް ބާރުބޮޑުވެ، ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ޕޯސްޓް އޮފީހަށް ބާރު ބޮޑުވެ އެތަނުގެ ވަޒީފާތަކަށް މީހުން ހޯދަން ފެށީ ދިވެހިން މެދުގައި ޗައިނާގެ ޓެމޫ މަގުބޫލުވެ ގިނަ ބަޔަކު އެ ޕްލެޓްފޯމުން ވިޔަފާރިކުރަން ފެށުމާ ގުޅިގެންނެވެ.
ޓެމޫ އިން އޯޑަރު ކުރާ އެއްޗެހި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބެ އެވެ. ނަމަވެސް ޕޯސްޓް އޮފީހަށް ބާރުބޮޑުވެ، މުދާ ކަސްޓަމަރުންނާ ހަމައަށް ލިބުން މިހާރު ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. އެހެންވެ އާއްމުންގެ ޝަކުވާތައް ގިނަވުމާއެކު ޕޯސްޓުން މިހާރު ވަނީ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ.
ޕޯސްޓު އޮފީހުން ވަނީ މިދިޔަ ދިހަ ދުވަހުގެ ތެރޭގައި ދިހަ ވަޒީފާއަށް އިއުލާންކޮށްފަ އެވެ. އެ ވަޒީފާތަކުގެ ތެރޭގައި ޕޯސްޓްމަނުންގެ ވަޒީފާ އާއި ސޭލްސް އޮފިސަރާއި މެއިލް ކްލިއާ ކުރުން ފަދަ ވަޒީފާތައް ހިމެނެ އެވެ.

97 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: