ޖުލައި 13, 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 15 ބޭފުޅުން، ލޯޔަރު ވައްޑެ އާއި ހައިލަމް ހިމެނޭ

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްއާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ދެ މަގާމުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.

އެހެންވެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް މި މަހުގެ 17 ވަނަ ދުވަހު ހުޅުވާލައިފަ އެވެ. މިއަދު 12:00 ޖެހިއިރު ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، މުއްދަތު ހަމަވި އިރު 12 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލި ބޭފުޅުން:

  • ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް
  • ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
  • ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
  • ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
  • ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
  • ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު
  • ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު
  • ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ
  • ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)
  • ގ. އަންމޯލް އިބްރާހިމް އަލީ
  • ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް

5 Comments

  • Aminath Nasyra މެއި 22, 2025

    Bodu thaa jehunee

  • Shareefa Manike މެއި 22, 2025

    Enme 2 beyfulhun tho kurimathilee

    • Zar Ra މެއި 23, 2025

      Shareefa Manike 15

  • Mausoom Rasheed މެއި 22, 2025

    Husnu soodh siyaasee vefa thi dheythi siyaasee nuvaane gotheh bunebala dheebala?

  • Shadde Ronaldo މެއި 22, 2025

    ސައްކެއް ނެއް އައްނާނެ ދެމީހުން

Leave a Reply