ތ. ކަނޑޫދޫ ސްކޫލުގައި ޓީޗަރަކު، ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު 10:55 އެހާކަންހާއިރު ރިޕޯޓް ކުރި އެ ހާދިސާގައި ދަރިވަރުގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ވަކިކޮށްލި ކަމަށް ތުހުމަތު ކުރެވެނީ ބިދޭސީ ޓީޗަރެއް ކަމަށެވެ.
އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މައްސަލައިގައި އަދި ޓީޗަރު ހައްޔަރުކޮށްފައެއް ނުވެ އެވެ.



