ރައްޔިތުންގެ މަޖިލީހުން 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވުމުން ވެސް ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، ކުންފުނިތަކަށް އެޑްވާންސަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރ 2023 ވަނަ އަހަރުގެ ކޮންސޮލިޑޭޑް ފައިނޭންޝަލް ސްޓޭޓްމެންޓް (ސީއެފްއެސް) އޮޑިޓް ރިޕޯޓުގައި ބުނީ ގައި ބުނީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 10.3 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ ބަޖެޓަށްވުރެ އިތުރަށް 1.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ވަނީ ސީއެފްސީގައި ނުހިމަނާ ބަޖެޓުން އަމިއްލަ ވިޔަފާރިތަކަށް 2.14 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޮޑިޓް ރިޕޯޓުގައި ބުނީ އެ އަދަދު ހިމެނުމުން 2023 ގައި ކުރި ހަރަދުކަމުގައި ބުނެފައިވާ 55.7 ބިލިއަނުގެ ބަދަލުގައި އަސްލު ހަރަދުކޮށްފައިވަނީ 57.8 ބިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެ ދެ ބިލިއަން ރުފިޔާ ސީއެފްސީގައި ނުހިމަނާ ހަރަދުކުރުމުގެ ސަބަބުން އެ އަހަރަށް މަޖިލީހުން ފާސް ކުރި 49.3 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 2.12 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.




ގުޅުންހުރި
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް