އިލެކްޓްރޯނިކް މޮނިޓަރިން ޓެގު އެޅުވުމަށްފަހު ބަންދުން ދޫކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އެޅުވުމަށްފަހު ދޫކޮށްލުމުގެ މަސައްކަތް އިއްޔެ ފެށި އިރު، މިހާތަނަށް ދެ މީހަކު ވަނީ އެގޮތަށް ދޫކޮށްލައިފަ އެވެ.
އިމްރާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިލެކްޓްރޯނިކް މޮނިޓަރިންގެ ނިޒާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގާއިމުކުރި ނިޒާމެއް ކަމަށެވެ.
އެ ނިޒާމް ގާއިމުކުރީ ބޮޑެތި ކުށްކުރާ މީހުންގެ ތެރޭގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިތްޕުޅުވާ ބޭފުޅުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބާކަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”ތިޔަ ހައްދަވަނީ ވަރަށް ބޮޑު ގޯހެއް. ހުރިހާ ރައްޔިތުން ތިޔަ ވައްޓާލައްވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް. ތިޔަ އުޅުއްވަނީ ކޮންބައެއް ދޫކޮށްލައްވަން ކަން އަޅުގަނޑުމެންނަށް އެނގޭ،“ އިމްރާން ވިދާޅުވެފައިވެ އެވެ.
އިމްރާން އެހެން ވިދާޅުވި ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ޓެގް އެޅުވުމަށްފަހު ވެސް ބަންދުން ދޫކުރާ މީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތުވާ މީހުން ނުހިމެނޭ ކަމަށެވެ. އަދި އެ މީހުންނަށް ލުއި ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.




17 Comments
ގުޅުންހުރި
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
ޕްލާސްޓިކް ކުދި ފެންފުޅި މަނާވާ ތާރީހު ތިންވަނަ ފަހަރަށް ފަސްކޮށްފި
މިއަހަރު ޔޫކޭއަށް ކުރެއްވި ތިންވަނަ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!
ދެ ގުނަ ބޮޑު ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށައިފި
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި