ޖޫން 1, 2025

މީހުންގެ މެސެޖުތަކަށް ޖަވާބު ނުދެނީ އިމޯޝަނަލް ކަންތައްގަނޑަކަށް ނުވަންނަން ވެގެން: މުއްތަލިބު

މީހުން ކުރާ މެސެޖުތަކަށް ޖަވާބު ނުދެނީ އިމޯޝަނަލް ކަންތައްގަނޑެއްގެ ތެރެއަށް ވަންނަން ބޭނުންނުވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މީގެ ކުރީގެ ސަރުކާރަކުން ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގުރާމުގެ ތެރެއިން ވަރަށް ގިނަ މީހުންނާ ބައްދަލުވެ އެމީހުން ދިރިއުޅޭ ހާލު އޭނާއަށް ފެނިފައިވާ ކަމަށެވެ. އެ މީހުން ދިރިއުޅުނު ހާލަތު ފެނިފަ ވަރަށް ބޮޑަށް އިމޯޝަނަލްވި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

”އަޅުގަނޑަށް އެނގޭ އަޅުގަނޑު ވެށިފަހި މާލެ އަޅުގަނޑު މީހުންނާ އެއްކޮށް ހަމަ ރޮއިފައި ހުންނާނެ އެއްކޮށް ކޮޓަރި ތެރޭގައި މީހުންގެ، ކިޔައިދިނީމާ ހާލަތު ކަންތަކާ، އެހެންވީމާ އަޅުގަނޑު ބޭނުންނުވޭ މިހާރު މިހުރި ސިޗުއޭޝަންގައި މީހުންނާ ބައްދަލުކޮށް މީހުންނާ މިހެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެ އިމޯޝަން ތެރެއަށް އަޅުގަނޑު ވަދެގެން ނަގާ ޑިޒިޝަނަކަށް އިފެކްޓު ކުރާކަށެއް، އެހެންވީމާ އަޅުގަނޑު އެކަން ނުކުރަނީ،“ މުއްތަލިބު ވިދާޅުވި އެވެ.

”އަޅުގަނޑު އަދި ޖަވާބު ނުދިނަސް، އަޅުގަނޑު އެ މެސެޖުތަކާ އެއްޗެހި އަޅުގަނޑު ކިޔަން، އަޅުގަނޑު ޖަވާބު ނުދެނީ އަޅުގަނޑު އަސްލު އެ އިމޯޝަނަލް ކަންތައްގަނޑުގެ ތެރެއަށް ވަންނަން އެހާ ބޮޑަށް ބޭނުން ނުވަނީ، އެއީ،“ މުއްތަލިބު ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު އިތުރަށް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުން ކަމަށް ބުނެ ކުރީ ސަރުކާރުން އާންމުކުރި ލިސްޓުގައި ތިބި މީހުންނަށް ފުލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ