ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެ އިން ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު މިޝަން އިން ބުނެފި އެވެ.
ރާއްޖެ އިން މި އަހަރުގެ ހައްޖު އަޅުކަމަށް 1،000 ހައްޖުވެރިން ސައުދީ އަރަބިއާގެ މައްކާ އަށް ގޮސްފައިވާއިރު، ދިވެހި ހައްޖުވެރިންގެ ފަހު ގުރޫޕް މައްކާ އަށް ގޮސްފައިވަނީ އިއްޔެ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ހއްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންގޮސްފަ އެވެ. އެގޮތުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔަ އެވެ.
ހައްޖު މިޝަން އިން ބުނީ، ދިވެހި ހައްޖުވެރިން މަޝާއިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ހައްޖުވެރިންނާއި ގުޅޭ ކަންކަން ސައުދީ ސަރުކާރާއި ގުޅިގެން ދިވެހި ހައްޖު މިޝަން އިން ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ އަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

ގުޅުންހުރި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށާނީ އަންނަ ހުކުރު ދުވަހު
ހައްޖުވެރިން ހައި ސްޕީޑް ރޭލުގައި މަދީނާއަށް، ބަހުގައި 8 ގަޑިއިރުން ކުރި
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
އަލްހަމްދުﷲ! ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު
ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު ލިބުނު ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް