މާލޭ ސަރަހައްދުގެ ހުރިހާ ތަނަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ދެންމެ ބުނީ މާލޭގެ އިތުރުން ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގަ ބަހައްޓާފައިވާ ޓްރާންސްފޯމާ އެއް ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމާއެއް މިހާރު ވަނީ އެނަޖައިޒް ކޮށްފައި ކަމަށެވެ.
”މި ދެންނެވި ޓްރާންސްފޯމާ ހުރި ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކުގަ ކަރަންޓު ނުލިބޭ ކަސްޓަމާއެއް ހުރިނަމަ އަޅުގަނޑުމެންގެ އެމެޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދެން“ ސްޓެލްކޯއިން ބުންޏެވެ.
މާލޭ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރެވެ. ހަވީރުވީ އިރުވެސް މާލޭ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އަލުން ފުރިހަމައަށް ލިބިފައިނުވެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ހުޅުމާލެ އާއި މާލެ އާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ކެނޑުމުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ކަރަންޓު ދެވޭވަރުގެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.
ނަމަވެސް އިންޓަކަނެކްޝަނަށް މައްސަލަ ދިމާވީ ކީއްވެގެން އަދި ނޭނގޭ ކަމަށާއި އެކަން ބަލާނީ މާލޭ ސަރަހައްދަށް ކަރަންޓު ދިނުމަށްފަހު ކަމަށް ސްޓެލްކޯއިން ބުންޏެވެ




2 Comments
ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ