ކަނޑުދަތުރު ނުކުރެވޭ ވަރަށް އީދުގައި މޫސުން ގޯސްނުވާނެ: މެޓް

ކަނޑު ދަތުރު ނުކުރެވޭ ވަރަށް އީދުގައި މޫސުން ގޯސްނުވާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ކެރީގެ އަސަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް އީދުގައި ކުރާނެ ކަމަށެވެ.  ވައިޖެހޭނީ  10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވިޔަސް ދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަނުވާނެ ކަމަށް މެޓުން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

ހައްޖު ދުވަހާ އެއްކޮށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ވާނެ އެވެ.