އޮސްޓްރޭލިއާއިން، އެމްއެންޑީއެފުގެ ކޯސްޓް ގާޑަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓަކާއި ކަނޑުއަޑި ޗާޓުކުރުމުގައި ބޭނުންކުރާ ’މަލްޓި ބީމް އެކޯ ސައުންޑާ’އެއް ހަދިޔާކުރަން ނިންމައިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކީ އޮސްޓްރޭލިއާގައި އުފައްދާފައިވާ، ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންކުރާ އަސްކަރީ އުޅަނދެކެވެ.
އޮސްޓްރޭލިއާގެ ނައިބު ބޮޑު ވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިއަދު ވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އޮސްޓްރޭލިއާއިން އެ އުޅަނދުތައް ރާއްޖެއަށް ހަދިޔާކުރަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
އެ ޕެޓްރޯލް ބޯޓުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާހިލާފަށް ހިންގާ ކަންކަން ހުއްޓުވަން ފަސޭހަވެގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި