މި އަހަރުގެ މިނިވަން ދުވަހަށް ލޯގޯ ފަރުމާކޮށްގެން 30،000 ރުފިޔާ ލިބޭ މުބާރާތެއް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ލޯގޯ ފަރުމާ ކުރުމުގައި އަމަލުކުރާނެ އުސޫލު އާންމުކޮށްފައިވާ ކަމަށެވެ. ލޯގޯގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ދިވެހި ތަރިކައިގެ އިތުރުން ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހިންގެ ދައުލަތް މިނިވަންކަމާ އެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ލޯގޯއިން ރަމްޒުކޮށްދޭން ޖެހޭ ކަންތައްތަކެއް:
އިސްލާމްދީނާއި ދިވެހިބަހާއި ސަގަފާތާއި ތަރިކަތައް
ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހި ދައުލަތް މިނިވަންކަމާއެކު ދެމިއޮތްކަން
ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު، އެގޮތުގައި ދެމިތިބުމަށް ކުރާ އުންމީދުތައް
މިނިވަންކަމުގެ 60 އަހަރު ހޯދި ކުރިއެރުންތަކާއި އުންމީދުކުރާ ކުރިއެރުންތައް
ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ގައުމީ ކުލަތަކަށް ވުން (އިތުރު ކުލައެއް ބޭނުންކުރާނަމަ، ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކޮށްދޭ ނޫކުލަ ބޭނުންކުރުން)
މުނާސަބަތާ ގުޅޭ އެކި ކަންކަމުގައި، މިސާލަކަށް ބެޖާއި ސްޓިކާގެ ގޮތުގައި ބޭނުންކުރުމަށާއި ބެނާއާއި ޗާޕުކުރާ ލިޔުންތަކާއި ޓީޝާޓު ފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން
މީޑިއާގައާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭ ލޯގޯއަކަށްވުން
ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ހާމަކޮށްފައެވެ. އެގޮތުން، ލޯގޯގެ ކޮލިޓީއާއި ޓެކްނިކަލް ފެންވަރަށް 30 މާކްސް ލިބޭއިރު، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މަސައްކަތްތެރިކަމަށް ލިބެނީ 20 މާކުހެވެ.
ދިވެހިވަންތަކަމަށް ބަލައި، 20 މާކްސް ދޭއިރު، މިނިވަން 60ގެ ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށް ދެނީ 30 މާކުހެވެ.
މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

ގުޅުންހުރި
ތުހުމަތުތައް އަމާޒުވުމުން މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި
ދިރާގުން މި އަހަރު ދޭނީ އެންމެ ސްޕީޑްބޯޓެއް ނޫން، ކޮންމެ ހަ
ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓު ލީކުވެފައި ވަނިކޮށް އެފްއައިޔޫގެ ވެރިއާ މަގާމުން
ބްލެކްމެއިލް ކޮށްގެން 300،000 ރުފިޔާ ހޯދި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފި
ގައުމާއި ޖުޑިޝަރީގެ ނަޒާހަތްތެރިކަން ދަމަހައްޓަން ކަމަށް ވިދާޅުވެ، ޝަހީދު ނަން ނަގައިފި