ބިދޭސީއެއްގެ ބުރައްކައްޓަށް ވަޅި ޖެހި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ކުޑަކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާރާމާރީގައި އަނިޔާވީ އިންޑިއާގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



