ރައިސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން މިއަދު ބައްދަލު ކުރައްވައިފި އެވެ.
ހައްޖުގެ އަޅުކަމަށް ސައުދީއަށް ވަޑައިގެން އުޅުއްވާ ރައީސް މުއިއްޒު ވަނީ ހައްޖަށް ވަޑައިގެން އުޅުއްވާ އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީގެ ރަސްގެފާން އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒްގެ ފަރާތްޕުޅުން، ވަލީހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބޭއްވެވި ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ސައުދީގެ ޝާހީ ގަނޑުވަރެއް ކަމަށްވާ އަލް މިނާ ގަނޑުވަރުގަ އެވެ.
އެ ބައްދަލުވުމުގައި ވެސް ރައީސް މުއިއްޒު އިންނެވީ ވަލީ އަހުދު ސަލްމާންގެ އެންމެ އަރިހުގަ އެވެ.
ރައީސް އޮފީހުން މިރޭ ބުނީ ދެ ބޭފުޅުން ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްްވި ކަމަށެވެ.



