މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްމަހާމެހީގެ އާބާދީ ދަނީ ދަށްވަމުން ކަމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ކަނޑުތައް ހިމާޔަތްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑަކީ އޭގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ ވަސީލަތެއް އެކަނި ނޫން ކަމަށާއި އެއީ ދިވެހިން މުޅި ދިރިއުޅުން ކަމަށެވެ.
”މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެންނަށް އާމްދަނީ ލިބެނީ ކަނޑުގެ ސަބަބުން. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މަހުގެ އާބާދީ ދަނީ ދަށްވަމުން. ގޮނޑުދޮށްތައް ހަލާކުވެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑު ދުޅަހެޔޮކަމާ ގުޅިގެން ކަމަށެވެ. އެހެންވެ ކަނޑުތައް ހިމާޔަތްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން މަހުގެ އާބާދީ ދަނީ ދަށްވަމުން، ކަނޑުތައް ހިމާޔަތްކުރަންޖެހޭ: ރައީސް




13 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި