ރާއްޖޭގައި އެންމެ މަގުބޫލު އެއް ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުން ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާ އާއެކު މިއަދު މެލޭޝިއާ އަށް ވަޑައިގެން ތަނުންނެވެ. އެގޮތުން މެލޭޝިއާގެ ކުއަލަލަމްޕޫރަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު ޝައިހް ކުއްލި ގޮތަކަށް ވެއްޓިވަޑައިގަން ކަމަށާއި އެ ވަގުތު ސީޕީއާރު ދިން ނަމަވެސް އޭގެ ކުޑަވަގުތު ކޮޅެއް ފަހުން އަވަހާރަވީ ކަމަށް އެނގިފައިވެ އެވެ.
ޝައިހް ފަރީދަކީ އިސްލާމް ދީނަށް ދިވެހީން ހޭލުންތެރި ކުރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ޝައިހެވެ. އަދި ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖަލުގައިވެސް ބަންދުކުރި އިރު، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުފި އެވެ.

7 Comments
ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި