އަހުމަދު އާބާދް އެއާޕޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓުން ދަތުރުކުރި އެކަކު ފިޔަވާ އެންމެން މަރުވެފައިވާއިރު، އޭގެ ތެރެއިން އެކަކީ އެ ފްލައިޓުގެ ފްލައިޓް އެޓެންޑެންޓް ރޯޝްނީ ސޮންގްހާރެވެ. އޭނާ މަރުވި އިރު، ދިޔައީ ހަޔާތުގެ އާ ސަފްހާއެއް ލިޔަން ތައްޔާރުވަމުންނެވެ.
”ރޯޝްނީ އަކީ މި ގޭގެ ހިތުގެ ވިންދު. އޭނާ އަންނަ ނޮވެމްބަރުގައި އެންގޭޖުކޮށް، އަންނަ މާޗުގައި ކައިވެންޏަށް ދިޔައީ ތައްޔާރުވަމުން. ނަމަވެސް ވަގުތު އޭނާއާ ކުޅުނީ އަނިޔާވެރި ގޮތަކަށް،“ ރޯޝްނީގެ އާއިލާގެ މީހަކާ ހަވާލާދީ އިންޑިއާގެ ޕީޓީއައި ނޫހުގައި ބުނެފައިވެ އެވެ.
ފްލައިޓް އެޓެންޑެންޓަކަށް ވުމަކީ އުމުރުން 26 އަހަރުގެ ރޯޝްނީގެ އަބަދުވެސް ހުވަފެނެވެ. އެގޮތުން ފްލައިޓް އެޓެންޑެންޓް ކޯހެއް ހެދުމަށްފަހު އެއާ އިންޑިއާއާ ގުޅުމުގެ ކުރިން އޭނާ ފުރަތަމަ މަސައްކަތް ކުރީ ސްޕައިސްޖެޓުގައެވެ.
އިންސްޓަގުރާމުގައި ވެސް މަޝްހޫރު ރޯޝްނީ އަކީ އަބަދުވެސް އިންޓަނޭޝަނަލް ފްލައިޓްތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ކުއްޖެކެވެ. މި ދަތުރު އޭނާއަށް އިތުރު ހާއްސަ އެވެ. އެއީ ލަންޑަނަށް ދެވޭތީ އެވެ. ނަމަވެސް ތަގުދީރު އޮތީ އެހެން ގޮތަކަށެވެ. އޭނާގެ އެ ދަތުރު ވެގެން ދިޔައީ އަނބުރާ އައުމެއް ނެތް މަންޒިލަކަށް ކުރި ދަތުރަކަށެވެ.




ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި