މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް އާންމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސްއަށް އަރުއްވައިފަ އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓް އާންމުކުރަން މިހާރު އަންގަވާފައިވާނެ ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ވަނީ މި މައްސަލައިގެ ތަހުގީގަށް ޔުމްނު ވެއްޓުނުއިރު އޭނާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްއާ ބައްދަލުކޮށް މައްސަލައާ ގުޅޭގޮތުން ސުވާލުކޮފައެވެ. އަދި ވަނީ ހާދިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައެވެ. އަދި ވަނީ މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފަ އެވެ.
ޔުމްނު ވެއްޓުނުއިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ. އޭނާ މިވަގުތު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ބަންދުން ދޫކުރީ ބަންދުގައި ބަހައްޓައިފިނަމަ އަދަބަށްވުރެ ދިގު މުއްދަތެއްގައި ބަންދުގައި ހުންނަން ޖެހިދާނެތީ ޕްރޮސިކިއުޓާ ޖެނެރަލްގެ ލަފާގެ މަތިންނެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި