ރާއްޖެއަށް ގިނަ އަދަދެއްގެ ބޭސްތަކެއް އެތެރެކުރަން އުޅުނު ދެ ދިވެހިން އިންޑިއާގެ ކޮޗިން އެއާޕޯޓުން އަތުލައިގެންފިއެ އެވެ.
ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ ދިވެހިންގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރެއިން ވަނީ ގިނަ އަދަދެއްގެ ބޭސް ފެނިފަ އެވެ.
އެހާ ގިނަ އަދަދެއްގެ ބޭސް އެތެރެކުރުމުގެ ފާހެއް ނުވަތަ އެކްސްޕޯޓް ލައިސަންސެއް އެ ދެ މީހުން އަތުގައި ނެތް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރި އެވެ. އެއީ ގާތް ގަޑަކަށް ފަސް ކޭސް ބޭސް ކަމަށް ނޫސްތަކުން ރިޕޯޓުކުރި އެވެ.
އެއީ ގާތްގަޑަކަށް ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސްގެ ބޭސް ކަމަށެވެ.
އެ ދެ މީހުން އެތެރެކުރަން އުޅުނު ބޭސްތައް އަތުލައިގަނެ، ދެ ދިވެހިން ދޫކޮށްލުމަށް ކަސްޓަމުން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި