ބިދޭސީންނަށް މިނިމަން ވޭޖް ދިނުމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ލޭބާ މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާއެކު މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެ ރިވިއުގެ ނަތީޖާއަށް ބެލުމަށްފަހު ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާމެދު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށެވެ.
”ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ ’ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް‘. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،“ ހައިދަރު
”އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން އެކަމަށް ގޮތެއް ނިންމާނަން،“ވިދާޅުވި އެވެ.
މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަންޖެހޭ އެއްޗެކެވެ.
ދިވެހި މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ތައާރަފު ކުރީ ނޮވެމްބަރު، 2021، ގަ އެވެ




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި