ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފުތިތާހުކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޫލް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ އިންހައުސް ޓްރެއިނާސް ޕޫލަކީ އެ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިންއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގެން މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތަށް ސްޓެލްކޯގެ 35 މުވައްޒަފަކު ވަނީ ”ޓްރެއިން ދަ ޓްރެއިނާ“ އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލުކޮށްފަ އެވެ. އެ މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި އިދާރީ އެކި ދާއިރާތަކާއި ހިއުމަން ރިސޯސްއާއި ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ހިމެނެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ވަނީ ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ވެސް ދީފަ އެވެ. އަދި ސްޓެލްކޯ ޓްރެއިނާސް ޕޫލް އިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންތަކުގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ނެރެފަ އެވެ.
ސްޓެލްކޯ އިން ބުނީ، ޕޫލްގައި މި ވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.




ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި