އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަނީ ޕްރައިމަރީއަކުން ކަމަށެވެ. 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވެސް ޕްރައިމަރީ ބާއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ހާމަކުރައްވައި ގައުމީ މަޖިލީހުގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފައްޔާޒު ވިދާޅުވީ އެ ނިންމުން ބަދަލުނުވާ ކަމަށެވެ.
”މާތްﷲގެ އިރާދަފުޅުން ދުނިޔޭގައި ހުރެއްޖެނަމަ ކުރާނަން،“ ފައްޔާޒު ވިދާޅުވި އެވެ.
ހާމަކަން ބޮޑު ގޮތެއްގައި ޕްރައިމަރީގައި ވާދަކުރާނެކަން އަދި އިއުލާންކުރީ އޭނާ އެކަނި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ރައީސް އަބްދުﷲ ޝާހިދު ވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ އަޑުތަކެއް ދަނީ ގަދަވަމުންނެވެ.
އެކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ އޭނާގެ ފޯކަސް އަދި އޮތީ އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ.
”އަޅުގަނޑުގެ ފޯކަސް އޮތީ 2026 އަށް. އެމްޑީޕީން އިއުލާން ކުރާނެ ޕްރައިމަރީއަށް. ކުރީމަ ނޫންތޯ އެހާ ހިސާބުން ނޫންތޯ އެކަމާ ގުޅޭގޮތުން މީހުން އެއްޗެއް ބުނެ އުޅެނީ،“ ޝާހިދު ވިދާޅުވި އެވެ.




9 Comments
ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން